އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކުރިއަށް ގެންދާ "ލޯތްބާއިއެކު" ކެމްޕެއިންގެ މުއްދަތު އިތުރުކޮށްފިއެވެ.
އެ ހަރަކާތުން މިއަދު ބުނީ، ލޯތްބާއެކު ކެމްޕެއިންގެ ދަށުން ފަލަސްތީނަށް އިމަޖެންސީ އެހީ ފޯރުކޮށްދިނުމުގެ މުއްދަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އިތުރުކުރީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
މިގޮތަށް މުއްދަތު އިތުރު ކުރީ މަދަނީ ޖަމިއްޔާތަކުންނާއި ކުދި އަދި ބޮޑެތި ވިޔަފާރިިތަކުން އަދި އަމިއްލަ ފަރުދުންވެސް، ފަލަސްތީނަށް އެހީވާން ބޭނުން ކަމަށް ބުނެ ގުޅަމުން ގެންދާތީ، އެ އެފުރުސަތު ވީ އެންމެ ގިނަ ބަޔަކަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށްވެސް އައިއޭސީން ބުންޏެވެ.
މި ކެމްޕޭނުގައި ބައިވެރިވުމަށް ތިރީގައި ބޭންކު އެކައުންޓަށް ފައިސާ ފޮނުވޭނެއެވެ.
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރު: 7770000026259 (ރުފިޔާ އެކައުންޓް)
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު