އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ ކައިވެނިކޮށްފިއެވެ.
އާރިއާނާ، އޭނާގެ ލޯބިވެރިޔާ ޑޯލްޓަން ގޮމެޒްއާ ކައިވެނިކުރިކަން ޔަގީންކޮށްދީފައި ވަނީ އޭނާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ހާމަކުރި ފަރާތަކުންނެވެ.
އެ ކައިވެނި ކޮށްފައި ވަނީ މިދިޔަ ހަފުތާ ބަންދުގެ ތެރޭގައެވެ. އަދި ދެފަރާތުގެ އާއިލާއާ އިން ބައިވެރިވެގެން ގޭގައި ކުޑަ ހަފުލާއެއް ވަނީ ބާއްވައިފައެވެ. އެ ހަފުލާގައި ބައިވެރިވެފައި ވަނީ ގާތްގަނޑަކަށް 20 އަކަށް މީހުން ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އާރިއާނާ މީގެ ކުރިން ވަނީ ސަޓަޑޭ ނައިޓް ލައިވްގެ ކޮމީޑިއަން ޕީޓް ޑޭވިޑްސަންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2018 ވަނަ އަހަރު އެންގޭޖުވެފައެވެ. ނަމަވެސް އެ ގުޅުން ފަހުން ވަނީ ރޫޅާލައިފައެވެ.
އަދި އޭގެ ކުރިން ރެޕް ލަވަކިޔުންތެރިއެއް ކަމަށްވާ މެކް މިލާއާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވެއެވެ. އެގުޅުން ނިމުމަކަށް ގެނައި ފަހުން، 2018 ވަނަ އަހަރު ޑުރަގް އޯވަޑޯޒް ވެގެން މިލާ ވަނީ މަރުވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން