ދިވެހިންގެ އެހީގައި ފަލަސްތީނުގެ އަލް ޝިފާ ހޮސްޕިޓަލަށް ކަރަންޓު ފޯރުކޮށްދިނުމަށް އެހީތެރިވެދީ ގާޒާގައި މަގުމަތިވެފައިވާ 90 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އަލް ޝިފާ ހޮސްޕިޓަލަކީ ފަލަސްތީނުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލެވެ. މި ހޮސްޕިޓަލަކީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އަނިޔާވާ މީހުންނަށް ފަރުވާދެމުން އަންނަ ހޮސްޕިޓަލެކެވެ.
ހަމަލާތަކުގެ ސަބަބުން ކަރަންޓުގެ ދަތިކަން ކުރިމަތިވަމުން ދާތީ އިންޓަނޭޝަނަލް އެއިޑް ކެމްޕެން (އައިއޭސީ)ގެ ފަރާތުން ވަނީ ދިވެހީންގެ އެހީގެ ގޮތުގައި 2547 ލީޓަރުގެ ތެޔޮ އެ ހޮސްޕިޓަލަށް ހަދިޔާކޮށްފައެވެ.
މީގެ އިތުރުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ގެތަށް ބިމާ ހަމަވެ މަގުމަތިވެފައިވާ ގާޒާގެ 90 އާއިލާއަށް, ކޮންމެ އާއިލާއަކަށް 100 އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށްވެސް އައިއޭސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު