ދިވެހިންގެ ފަރާތުން މިހާތަނަށް ފަލަސްތީނުގެ 2،100 އާއިލާއަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.
އައިއޭސީން ބުނީ، ދިވެހިންގެ ފަރާތުން ފަލަސްތީނުގެ 2،100 އާއިލާއަކަށް ކާބޯތަކެތި ފޯރުކޮށްދީ، 300 މީހަކަށް ހޮޓް މީލްސް ޕެކް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި 1،500 އާއިލާއަކަށް ކުއްލި އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.
އައިއޭސީން ބުނީ، ދިވެހިންގެ އެހީ ގާތްގަނޑަކަށް 11،000 މީހުންނަށް އެކި ގޮތްގޮތުން ލިބިފައިވާނެ ކަމަށެވެ.
އައިއޭސީގެ ލޯތްބާއެކު ކެމްޕެއިން މެދުވެރިކޮށް، ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ އެކައުންޓް 7770000026259 (ރުފިޔާ އެކައުންޓް) އަށް ފައިސާ ޖަމާކޮށްދިނުމަށް އެ ޖަމިއްޔާއިން އެދެއެވެ.
އިތުރު މައުލޫމާތު އައިއޭސީގެ ހޮޓްލައިން 9122121 އަށް ގުޅައިގެންނާއި ވައިބާކުރުމުން ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު