ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ 7:00ގައި ގައުމާ މުހާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު މިރޭ ގައުމާ މުހާތަބުކުރައްވާނީ ލޯކަލް ކައުންސިލްތަކަށް އިންތިހާބުވި މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިހާބުވި މެންބަރުން މިއަދު ހުވާކުރެއްވުމާ ގުޅިގެން ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބީ މެންބަރުން މިއަދު މަގާމުގެ ހުވާކުރައްވާފައިވާއިރު، ކޮވިޑް ފެތުރޭތީ، ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.
އެންމެ ފަހުން ރައީސް ގައުމާ މުހާތަބު ކުރެއްވީ، މިމަހުގެ 12 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު