ދޫނިދުއަށް ދަތުރުކުރާ ފެރީއެއްގައި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މަރުވީ 50 އަހަރުގެ މީހެއް ކަމަށާއި އެމީހާ ދޫނިދޫގައި ހުއްޓައި ކުއްލިއަކަށް ހަބަރު ހުސްވެގެން ވެއްޓުމާ ގުޅިގެން ދޫނިދޫ މެޑިކަލްއަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

އެމީހާ މަރުވި ސަބަބު އަދި ސާފެއް ނުވެއެވެ. އަދި އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، އެ ފެރީއަކީ ދޫނިދޫ އާއި މާލެއާ ދެމެދު ދަތުރުކުރުމަށް ކުއްޔަށް ދޫކުރާ ފަރާތުން އޮޕަރޭޓް ކުރާ ގޮތަށް ކުއްޔަށް ހިފައިގެން އޮޕަރޭޓްކުރާ ފެރީއެކެވެ.