ދިރާގުން ފިތުރު އީދަށް ހާއްސަ އޮފާތަކެއް ތައާރަފު ކޮށްފިއެވެ.
ދިރާގުން ބުނީ މިއީ ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ތައާރަފުކުރި އޮފާތަކެއް ކަމަށެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ގްރޭޓާ މާލެ ރީޖަންގައި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅިގެން، މި އަހަރުވެސް ގޭގައި ތިބެގެން ފިތުރު އީދު ފާހަގަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ އީދު ދުވަހު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށްވެސް ދިރާގުން ބުނެފައި ވެއެވެ.
އެގޮތުން، ރޯދަމަހު ތައާރަފު ކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލް ކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް އީދު ޑޭޓާ ބަންޑަލްތަކުގެ ނަމުގައި ތައާރަފުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް އީދު 20ޖީބީ އެފްބީބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެއްވޭނެ ކަމަށާއި، އެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް އީދު 7ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް އީދު 14ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މޮބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެ ކަމަށާއި، އެފްބީބީ ޑޭޓާ ބޫސްޓަރ މި މެއި މަސް ނިމެންދެން ބޭނުން ކުރެއްވޭނެ ކަމަށާއި، ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރުމަށް 1މިއަދުން ފެށިގެން މިމަހު 15 އާ ދެމެދު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް، ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކޮށްގެން އެކަން ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން، މުޖުތަމައަށް އެހީތެރިވުމުގެ ގޮތުންނާއި ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން، މި އަހަރުގެ ރޯދަމަހުގެ އޮފަރ އެކޭ އެއްފަދައިން އީދު ޑޭޓާ ބަންޑަލްސް ބައްލަވައިގަންނަވަން ކަސްޓަމަރުން ކުރައްވާ ހަރަދުގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ހިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ކަމަށާއި، މި ދަތި ދުވަސްތަކުން ވީހާވެސް އަވަހަށް އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރަމަށް އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު