ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ 7:00ގައި ގައުމާ މުހާތަބުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން އެކަން ހާމަކުރި ނަމަވެސް ރައީސް ގައުމާ މުހާތަބު ކުރައްވަނީ ސީދާ ކޮންކަމާ ގުޅިގެން ކަމެއް ނުބުނެއެވެ.
ރައީސް މިރޭ ގައުމާ މުހާތަބުކުރައްވާ އިރު، ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މާލޭ ސަރަހައްދުގައި 12 ގަޑިއިރަށް ކާފިއު ހިންގަން ފަށައިފައެވެ.
އަދި ލޮކްޑައުނަކަށް ތައްޔާރުވުމަށް ސަރުކާރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އަންގާފައިވާ އިރު، ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް އެމްއެންޑީއެފާއި ފުލުހުންނަށް ރައީސް ވަނީ އަމުރު ކުރައްވައިފައެވެ.
އޭގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ 281 ފަރާތެއް ނަން ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އާންމުކޮށްފައެވެ. އެގޮތުން ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންނާއި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު