ރ. މަޑުއްވަރީގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކާމިޔާބުކޮށް ސެމީ ފައިނަލްގެ ފަހު ޖާގަތައް ޓީމް ވާލު އަދި ބީބީ ނިއު ޖެނެރޭޝަން ހޯދައިފިއެވެ.
މަޑުއްވަރީ ފުޓްސަލް ދަނޑުގައި ރޭ ކުޅެފައި ގްރޫޕް އޭގެ ފަހު މެޗުގައި އެފްސީ ރުއްގަނޑު ނުކުތީ ބީބީ ނިއު ޖެނެރޭޝަންއާ ދެކޮޅަށެވެ. އެ މެޗަށް ނުކުތްއިރު ދެޓީމަށްވެސް ސެމީގެ ފުރުސަތު އޮތްއިރު، މެޗު 7-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބީބީ ނިއުޖެނެރޭޝަން ސެމީ ޔަގީން ކުރިއެވެ.
މެޗުގައި ބީބީ ނިއުޖެނެރޭޝަންގެ ގޯލްތައް އަހުމަދު މިގުދާދާއި، އަހުމަދު ހަމާދު އަދި މުހައްމަދު ޝަހާއު ޖަހައިދިންއިރު، ހަމާދު ވަނީ މެޗުގައި ހަތަރު ގޯލް ޖަހާފައެވެ. އަދި މިގުދާދު ވަނީ މެޗުގައި ދެ ގޯލް ކާމިޔާބު ކޮށްދީފައެވެ. ރުއްގަނޑުގެ ހަމައެކަނި ގޯލް ޖަހައިދިނީ އަބްދުﷲ ރާޝިދެވެ.
ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ޓީމު ވާލުން އެފްސީ ކޮންފިޑެންސް ބަލިކުރީ 5-1ގެ ނަތީޖާއަކުންނެވެ. ވާލުގެ ގޯލްތައް ރިލުވާން ނައީމްއާއި އައިހަމް މުހައްމަދު އަދި މުހައްމަދު އިރުޝާމް ޖަހައިދީފައިވާއިރު، ރިލުވާންއާއި އިރުޝާމް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް މެޗުގައި ޖަހާފައެވެ. ކޮންފިޑެންސްގެ ހަމައެކަނި ގޯލް ޖަހައިދިނީ އަބްދުﷲ ފަލީހެވެ.
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައި ވާލު ސެމީއަށް ދަތުރު ކޮށްފައިވާއިރު، އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ އެފްސީ ލައިކަންސްއެވެ. ގްރޫޕް އޭގެ އެއްވަނަ އެފްސީ ޔުނައިޓެޑުން ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ބީބީ ނިއުޖެނެރޭޝަންއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ. އެފްސީ ޔުނައިޓެޑުން ލައިކްސްއާ ދެކޮޅަށް ނުކުންނައިރު، ބީބީ ނިއުޖެނެރޭޝަންއިން ނުކުންނާނީ ޓީމު ވާލާ ދެކޮޅަށެވެ.
މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު