މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.
ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރު ކޮށްދެނީ އެ ރެސްޓޯރެންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައި ވަނީ ސްޓަ-ފްރައި ބީފް ވިތް ބްރޮކޮލީ ރެސިޕީއެވެ.
250ގ ބީފް ޓެންޑަލޮއިން (ހިމަ ދިގުކޮށް ކޮށާފައި)
3 މޭޒުމަތީސަމުސާ ތެޔޮ
1 ޖޯޑު ބްރޮކޮލީ (ވަކިކޮށްފައި)
1 ސައިސަމުސާ އިނގުރު (ގާނާފައި)
1 ސައިސަމުސާ ލޮނުމެދު (ގާނާފައި)
¼ ޖޯޑު އޮއިސްޓާ ސޯސް
1 ޖޯޑު ބީފް ސްޓޮކް (1 ކިއުބު ސްޓޮކް 1 ޖޯޑު ފެނުގައި ގިރާލާފައި)
1 ސައިސަމުސާ ހަކުރު
1 ސައިސަމުސާ ސެސަމީ އޮއިލް
2 މޭޒުމަތީސަމުސާ ސޮއިސޯސް
1 މޭޒުމަތީސަމުސާ ކޯންފުލާ
1 ސައިސަމުސާ ސެސަމީ ސީޑު (ހަނާކޮށްފައި)
ލޮނު އަދި އަސޭމިރުސްކޮޅެއް
ކޮށާފައި ހުރި ބީފްކޮޅުތަކުގައި އަސޭމިރުސް އަދި ލޮނު ކޮޅެއް ރަނގަޅަށް އުނގުޅާލާށެވެ. ތަވައެއްގައި ތެޔޮކޮޅެއް ހޫނު ކުރުމަށްފަހު ބީފް ކޮޅުތައް ރޯފިލަންދެން ދެފުށަށް ޖަހަމުން ތެލުލާށެވެ. އަދި ލޮނުމެދާއި އިނގުރު އަދި ބްރޮކޮލީ އަޅާލުމަށްފަހު ބްރޮކޮލީތައް ހަރުވެލަންދެން ތެލުލާށެވެ.
ވަކިން ބޯތަށްޓެއްގައި އޮއިސްޓާ ސޯސް، ބީފް ސްޓޮކް، ހަކުރު، ސެސަމީ އޮއިލް އަދި ސޮއިސޯސް އެއްކޮށް ގިރާލާށެވެ. އަދި އިތުރު ތަށްޓެއްގައި 1 މޭޒުމަތީސަމުސާ ފިނި ފެން ފޮދެއްގައި 1 މޭޒުމަތީސަމުސާ ކޯންފުލާ ގިރާލާށެވެ.
ފުރަތަމަ ގިރާލި ސޯސްކޮޅުތައް ބީފްކޮޅު ތަރުކާރީކޮޅުގެ ތެރެއަށް އަޅާލުމަށްފަހު 30 ސިކުންތުވަރު ކައްކާލާށެވެ. އަދި އެންމެފަހުން ގިރާލި ފުށްކޮޅު މީގެ ތެރެއަށް އެއްކުރުމަށްފަހު މިނިޓެއް ވަންދެން (ސޯސްގަނޑު ކޮންމެވެސް ވަރަކަށް ހިކެންދެން) ކައްކާލާށެވެ.
ތަށްޓަކަށް ވަކިން ނެގުމަށްފަހު މީގެ މައްޗަށް ހަނާކުރި ސެސަމީ ސީޑުކޮޅެއް އަޅާލާށެވެ.
ވަން ރެސިޕީ
ވަން ރެސިޕީ