ފ. ފީއަލީގައި ރޯގާއެއް ފެތުރެމުންދާތީ ނެގި ސާމްޕަލްތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފީއަލީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު 'ވަން' އަށް ވިދާޅުވީ، އެ ރަށުގައި ރޯގާއެއް ފެތުރެމުންދާތާ ދުވަސްކޮޅެއް ވެދާނެ ކަމަށާއި އެކަމާ ގުޅިގެން ރަށު ތެރެއިން ނެގި ސާމްޕަލްތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"މިރޭ 12 ޖަހަން އުޅެނިކޮށް އޭގެ ތެރެއިން ބައެއް ސާމްޕަލްތަކުގެ ނަތީޖާ ވަނީ ލިބިފައި. ދެތިން މީހަކު ކޮވިޑަށް ޕޮޒިޓިވް. މިހާރު ދެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން މި ދަނީ،" ސިއްހީ މަރުކަޒުން ވާހަކަ ދެއްކެވި އޮފިޝަލު ރޭ ވިދާޅުވި އެވެ.

ފީއަލިން ބަޔަކު ޕޮޒިޓިވް ވި ނަމަވެސް އެ ރަށަށް ބަލި ދިޔައީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. މި ފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑް ފެތުރުނު ނަމަވެސް ފ. އަތޮޅު އެހެން އެއްވެސް ރަށެއްގައި މި ވަގުތު އެ ބަލި ފެތުރެމުންދާ ކަން އަދި އެނގިފައެއް ނުވެ އެވެ.

ފީއަލިން ބަޔަކު ޕޮޒިޓިވް ވި ނަމަވެސް އެ ރަށް އަދި މޮނިޓަރިންނަށް ލާފައި ނުވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ ނަމަ އެ މީހަކު ހުރި ރަށެއް މޮނިޓަރިންނަށް ގެންނާނެ އެވެ