ޖަލުތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، ހައި ރިސްކް ގައިދީން ގޭ ބަންދަށް ބަދަލު ކުރަން ނިންމައިފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ހައި ރިސްކް މީހުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ޖަލުތަކުގައި ތިބި ގައިދީން ގޭ ބަންދަށް ބަދަލު ކުރަން ނިންމާފައިވާ އިރު، މިރޭ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާ ކަމަށް ބުނެއެވެ.
ބައެއް ގައިދީން ގޭ ބަންދަށް ބަދަލު ކުރަން ނިންމާފައިވާ އިރު، މިދިޔަ އާދިއްތަ ދުވަހު ވަނީ މާލެ ޖަލުން 13 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އޭގެ އިތުރަށް މިދިޔަ ބުރާސްފަތި ދުވަހު ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި ކ. މާފުށީ ޖަލުން ކޮވިޑު ކޭސްތަކެއް ވަނީ ފެނިފައެވެ. އަދި ދޫނިދޫގައި ފުލުހުންގެ ބަންދުގައި ތިބި 14 މީހަކުވެސް އެ ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު