މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގާ ލ. މާންދޫން މިއަދު އެކަނި 77 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މާންދޫން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް ލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެރަށާ ގުޅުވާލާފައި އޮންނަ ގަމުން ތިން މީހަކު ޕޮޒިޓިވްވެ އެރަށްވެސް ވަނީ މޮނީޓަރިންއަށް ލައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އެރަށުން 77 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 134 އަށް އަރައިފައެވެ.
މާންދޫގެ ކްލަސްޓާއާ ގުޅިގެން އެރަށާ ގުޅިފައިވާ ހުރިހާ ރަށްތަކެއްވެސް ވަނީ މޮނިޓަރިންއަށް ލައިފައެވެ. ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ދެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.
ލ. ގަމާއި އެ އަތޮޅު ފޮނަދޫ އަދި ކައްދޫއާ ކޯޒްވޭއަކުން ގުޅިފައި އޮންނަ މާންދޫއަކީ މަސް ފެކްޓަރީ ހިންގުމަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮންނަ ރަށެކެވެ. މާންދޫގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންގެ އިތުރުން ގަން، ފޮނަދުއަށް ނިސްބަތްވާ ދިވެހި މުވައްޒަފުން ވެސް މަސައްކަތްކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު