އެއްފަހަރާ 35 އަންހެނުންނާ ރަށްޓެހިވެގެން އުޅުނު ޖަޕާނު މީހަކު ހައްޔަރުކޮށްފިއެވެ.
ޕާޓް ޓައިމް މަސައްކަތްކުރާ ޓަކާޝީ މިޔަގަވާ ހައްޔަރުކޮށްފައިވަނީ ދޮގާ މަކަރު ހަދައިގެން ގިނަ އަދަދެއްގެ އަންހެނުންނާ ރައްޓެހިވެ އެމީހުންގެ އަތުން އަގުބޮޑެތި ހަދިޔާތައް ހޯދަމުންދާކަމުގެ ތުހުމަތުގައިކަމަށް ޖަޕާނުގެ ހަބަރުތައް ބުނެ އެވެ.
މިމީހާ ބޭޒާރުވެފައިވަނީ އޭނާ ހިތާވެގެން އުޅޭ ބައެއް އަންހެނުން، މި މަޅީގެ ޝިކާރައަކަށް ވި މީހުންގެ ނެޓުވޯކެއް އުފައްދައި ހަގީގަތް ހޯދަން ކުރި މަސައްކަތުގެ ތެރެއިން ފުލުހަށް ރިޕޯޓުކޮށްގެންނެވެ.
މިމީހާއަށް ތުހުމަތުކޮށްފައިވާ ކަންކަމުގެ ތެރޭގައި އޭނާ ރަށްޓެހިވެގެން އުޅޭ ކޮންމެ އަންހެނަކަށް އޭނާގެ އުފަންދުވަސްކަމުގައި ވަކި ތާރީހެއް ބުނެ، އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން އެއެންމެން ފަރާތުން ހަދިޔާ ލިބޭނެ ގޮތަށް ރާވާފައިވުން ހިމެނެ އެވެ.
ކަންސައި ރީޖަންއަށް ނިސްބަތްވާ މިޔަގަވަ ވަނީ ކޮންމެ އަންހެނަކާއެކުވެސް އުމުރު ދުވަހު އެކު އުޅެން ވައުދުވެ ދޮގާ މަކަރުވެރިކަމުން އެމީހުންނާއެކު ސީރިއަސް ގުޅުމެއް ބާއްވާފައި ކަމަށް ވެއެވެ.
މިމީހާގެ ދަލުގައި ޖެހިފައިވާ 35 އަންހެނުންގެ އިތުރުން މިޔަގަވަގެ މަކަރުގައި އިތުރު ބައެއް ޖެހިފައިވޭތޯ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް