ބެސްޓް ސަޕޯޓިންގް އެކްޓްރެސްގެ އޮސްކާ އެވޯޑާއެކު ޔުން ޔޫ ޖަންގް ތާރީހުގެ ތެރޭގައި ހިމެނިއްޖެއެވެ. މިއީ ކޮރެއާ މީހަކަށް ފުރަތަމަ ފަހަރަށް އެކެޑެމީ އެވޯޑެއް ލިބުނު ފަހަރެވެ.
މިހާރު ކުރިއަށް ދާ 93ވަނަ އެކެޑެމީ އެވޯޑު ހަފުލާ އެހެނިހެން އަހަރުތަކާ ހިލާފަށް މިއަހަރު ކުރިއަށް ދަނީ އެކި ސަރަހައްދުތަކުންނެވެ.
ޔުން އާ ވާދަކުރި ތަރިންގެ ތެރޭގައި މާރިއާ ބަކަލޯވާ، އޮލިވިއާ ކޯލްމަން، އެމެންޑާ ސޭފްރިޑް އަދި ގްލެން ކްލޯސް ހިމެނެއެވެ.
ފިލްމް މިނާރީ އިން ޔުން އަށް މި އެވޯޑް ލިބުނު އިރު މި ފިލްމު ވަނީ އޮސްކާގެ 6 އެވޯޑަކަށް ނޮމިނޭޓް ވެފައެވެ. މިފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކޮރެއާގެ އާއިލާއެއް އެމެރިކާގެ އާކަންސަސްއަށް ބަދަލުވެ އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ކުރާ މަސައްކަތުގެ ވާހަކައިގެ މައްޗަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން