މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މިގެނެސްދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.
ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ދިވެހި ރަހައެއް ކަމަށްވާ ސޫޖީއެވެ.
½ ޖޯޑު ރަވާ (ސެމޮލިނާ)
½ ޖޯޑު އާމަންޑް
1 ޖޯޑު ފިޔާ (ކޮށާފައި)
½ ޖޯޑުހިކި މޭބިސްކަދުރު
2 މޭޒުމަތީސަމުސާގިތެޔޮ
½ ޖޯޑު ގެރިކިރު
½ 1 ޖޯޑު ހަކުރު (ރަހަ ހެޔޮވަރުވާ ވަރަށް އެއްކުރުމަށް)
5 ކާފޫރުތޮޅި
2 ރާނބާފަތް (2/1 އިންޗި އަށް ބުރިކޮށްފައި)
3 ފޮނިތޮށި (2 އިންޗި އަށް ބުރިކޮށްފައި)
6 ޖޯޑު ފެން
2 ސައިސަމުސާ ވެނީލާ އެސެންސު
ކުޑަކުޑަ ލޮނުކޮޅެއް
ތަވައެއްގައި ގިތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ފިޔާ އަދި ރާނބާފަތްކޮޅު މަޑުވަންދެން މީރުކޮށްލާށެވެ. ހިކިމޭބިސްކަދުރު، ކާފޫރުތޮޅި، ފޮނިތޮށި އަދި އާމަންޑު މީގެތެރެއަށް އަޅާލުމަށްފަހު ފިޔާކޮޅު މުށިކުލައަކަށް އަރަންދެން އަދި ހިކިމޭބިސްކަދުރުކޮޅު ކޮންމެވެސް ވަރަކަށް ހަރުވަންދެން، ހާކާލަމުން ކައްކަމުން ގެންދާށެވެ.
އުނދުނުގެ ގިނި ކުޑަކޮށް މަޑުކޮށްލުމަށްފަހު ރަވާކޮޅު އަޅާލައި މަޑުގިނީގައި މިނިޓެއްވަރު ހާކާލަމުން ކައްކާލާށެވެ. އެއަށްފަހު ހަކުރާއި ފެން އެއްކޮށް ހަމަ އެފަދައިން ކުރިއަށް ގެންދާށެވެ. ހަކުރުކޮޅު ރަނގަޅަށް ވިރުމުން، ގެރިކިރު އަޅާލައި މެދުމިނެއްގައި ގިނި ބަހައްޓައިގެން ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. (ގަނޑު ލިޔަ ނުދިނުމަށް ސަމާލުކަން ދޭންވާނެއެވެ.)
ރަނގަޅަށް ކެކި ގަންނަން ފެށުމުން، ލޮނުކޮޅަކާއި ވެނީލާ އެސެންސު ކޮޅެއް އެއްކޮށްލުމަށްފަހު މަޑު ގިނީގައި 2 މިނެޓުވަރު ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ. ސޫޖީއަކީ ހޫނުކޮށް އަދި ފިނިކޮށްވެސް ކެއުމަށް މީރު ދިވެހި ފޮނި ކެއުމެކެވެ.
ވަން ރެސިޕީ
ވަން ރެސިޕީ