މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގާ ލ. މާންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ އެ ކޮމްޕްލެކްސް އިން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.
އެމީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގައި، ޓެސްޓުކުރުމުން ކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި ލ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ލ. ގަމާއި އެ އަތޮޅު ފޮނަދޫ އަދި ކައްދޫއާ ކޯޒްވޭއަކުން ގުޅިފައި އޮންނަ މާންދޫއަކީ މަސް ފެކްޓަރީ ހިންގުމަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮންނަ ރަށެކެވެ. މާންދޫގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންގެ އިތުރުން ގަން، ފޮނަދުއަށް ނިސްބަތްވާ ދިވެހި މުވައްޒަފުން ވެސް މަސައްކަތްކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު