ރޯދަމަހުގެ ފުރަތަމަ ދިހަ ދުވަސް ނިންމާލާ އިރު ބާޒާރުގެ އަގުތަަކަށް މިވަނީ ހެޔޮ ބަދަލު އަންނަން ފަށައިފައެވެ. ހާއްސަކޮށް ފަނި ގިރުމަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ކަރާގެ އަގު މިއަދު ހުރީ ކިލޯއެއް 20ރ އަށެވެ.
ކުރުނބާ ވެސް ރޯދަ ފެށުނު އިރާ އަޅައިބަލާ އިރު މިހާރު އަގުހެޔޮ ކަން ފާހަގަކޮށްލެވެއެވެ. މިއަދު މާރުކޭޓުގައި ކުރުނބައެއް ލިބެން ހުރީ 20 ރުފިޔާ އާއި 30 ރުފިޔާ އާދެމެދުގެ އަގެއްގައެވެ. ކުރުނބާ ފުޅިވެސް މާރުކޭޓުގައި ބައެއް ފަރާތްތަކުން ވިއްކަމުންދެއެވެ. އެގޮތުން 1.5 ލީޓަރުގެ ކުރުނބާ ފުޅިއެއް ލިބެން ހުރީ 100 ރުފިޔާއަށެވެ.
ފަނި ގިރުމަށް ބޭނުންކުރާ އެހެން ބާވަތްތަކަށް ބަލާ އިރު ދިވެހި އަނބު މިއަދު ލިބެން ހުރީ ކިލޯ އެއް 100 ރުފިޔާ އަށެވެ. އަދި ބޭރު އަނބު ކިލޯ އެއް 70 ރުފިޔާ އަށެވެ. މާރުކޭޓުގައި ފެޝަންފުރުޓްވެސް މިއަދު ތިޔާގިކަން ފާހަގަކޮށްލެވެއެވެ. ފެޝަންފުރުޓު ކިލޯއެއް ލިބެން ހުރީ 60 ރުފިޔާ އަށެވެ. އަލަނާސި ގަނޑެއްވެސް މިއަދު 40 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
- ކުރުނބާ 20ރ، 30ރ
- ލުނބޯ 35ރ ކިލޯ
- ކިއުކަމްބާ 55ރ ކިލޯ
- ބަނބުކެޔޮ 50ރ ކޭލެއް
- ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
- ކަންކުން ފަތް 10ރ 3 ބޮނޑި
- ކޮޕީފަތް 10ރ ބޮނޑިއެއް
- ކެރެޓު 25ރ ކިލޯ
- އަލަނާސި 40ރ ގަނޑެއް
- ފޭރު 60ރ ކިލޯ
- ކަނޑޫދޫ މިރުސް 180ރ ކިލޯ
- ލާމު މިރުސް 180ރ ކިލޯ
- ތޮއްޑޫ މިރުސް 120ރ ކިލޯ
- ކަރާ 20ރ ކިލޯ
- ލެޓިއުސް 140ރ ކިލޯ
- ކާށި 20ރ - 5ރ
- ގަބުޅި 25ރ - 5ރ
- ދިވެހި އަނބު 100ރ ކިލޯ
- ބޭރު އަނބު 70ރ ކިލޯ
- ދޮންކެޔޮ 45ރ، 55ރ ކިލޯ
- ޖަނބުރޯލު 120ރ ކިލޯ
- ފެޝަންފުރުޓް 60ރ ކިލޯ
މަސް މާރުކޭޓުގެ އަގުތައް:
- ކަންނެލި 35ރ ކިލޯ
- ކަނޑުމަސް 35ރ ކިލޯ
- ރަތްމަސް ބޮޑު 400ރ - 350ރ ކިލޯ
- މާނިޔާ މަސް 40ރ ކިލޯ
- ދޮން ނޫމަސް 20ރ 4 މަސް
- މުށިމަސް 20ރ 4 މަސް
- ހަނދި 150ރ ކިލޯ
- ރިއްމަސް 20ރ 5 މަސް
- ފާނަ 200ރ ކިލޯ
- ރެހި 15ރ ޖޯޑެއް
ޚަބަރު
ޚަބަރު
ޚަބަރު