ރޯދަމަހުގެ ނުވަ ވަނަ ދުވަހާ ކުރިމަތިލި އިރު މަސް މާރުކޭޓުގެ އަގުތަކަށްވެސް ހެޔޮ ބަތަލުތަކެއް އަންނަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.
ރޯދަމަހުގެ މިހާތަނަށް މަސް މާރުކޭޓުން އެންމެ ތަދު ބާވަތަކަށް ފެންނަން ހުރި ރެހި މިއަދު ގިނަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އަގު ބޮޑެވެ. ރެހި ޖޯޑެއް މިއަދު ލިބެން ހުރީ 35 ރުފިޔާ އަށެވެ. މިދިޔަ އަހަރުގެ ރޯދަމަހު މާރުކޭޓުން 20 ރުފިޔާއަށް ރެހި ޖޯޑެއް ލިބެން ހުރި އިރު މިއަހަރު ރެހި ވިއްކާ އަގު ބޮޑުވެފައި މިވަނީ ރެހި ލިބުން މަދުވުމުން ކަމަށް މަސްވިއްކާ ފަރާތްތަކުން ބުނެއެވެ.
މަސް މާރުކޭޓުގައި ކަނޑު މަހުގެ އަގުތަކަށް ބަލާ އިރު މިއަދު ކަންނެލި އަދި ކަނޑުމަސް ލިބެން ހުރީ ކިލޯއެއް 35 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
- ކުރުނބާ 20ރ، 25ރ
- ލުނބޯ 30ރ ކިލޯ
- ކިއުކަމްބާ 40ރ ކިލޯ
- ބަނބުކެޔޮ 40ރ ކޭލެއް
- ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
- ކޮޕީފަތް 10ރ ބޮނޑިއެއް
- ކެރެޓު 25ރ ކިލޯ
- އަލަނާސި 35ރ ގަނޑެއް
- ފޭރު 70ރ ކިލޯ
- ކަނޑޫދޫ މިރުސް 150ރ ކިލޯ
- ލާމު މިރުސް 170ރ ކިލޯ
- ތޮއްޑޫ މިރުސް 200ރ ކިލޯ
- ކަރާ 20ރ ކިލޯ
- ލެޓިއުސް 100ރ ކިލޯ
- ކާށި 20ރ - 10ރ
- ގަބުޅި 20ރ - 30ރ
- ދިވެހި އަނބު 100ރ ކިލޯ
- ބޭރު އަނބު 150ރ ކިލޯ
- ދޮންކެޔޮ 40ރ، 70ރ ކިލޯ
- ޖަނބުރޯލު 80ރ ކިލޯ
- ފެޝަންފުރުޓް 65ރ ކިލޯ
މަސް މާރުކޭޓުގެ އަގުތައް:
- ކަންނެލި 35ރ ކިލޯ
- ކަނޑުމަސް 35ރ ކިލޯ
- ރަތްމަސް ބޮޑު 100ރ - 300ރ ކިލޯ
- މާނިޔާ މަސް 75ރ ކިލޯ
- ދޮން ނޫމަސް 20ރ 5 މަސް
- މުށިމަސް 20ރ 5 މަސް
- ހަނދި 200ރ ކިލޯ
- ރިއްމަސް 20ރ 5 މަސް
- ފާނަ 250ރ ކިލޯ
- ބޯވަ 150ރ
- ރެހި 35ރ ޖޯޑެއް
ޚަބަރު
ޚަބަރު
ޚަބަރު