ސްޓެލްކޯއިން ދިހަ ކޭސް ފެން ގަނެގެން އެއް ކޭސް ފެން ހިލޭ ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނިން އުފައްދާ ފަސް ލީޓަރުގެ ފެން ފުޅި ކޭހެއްގެ އަގަކީ 48 ރުފިޔާ ކަމަށެވެ. އެ ފެނަކީ ކޮލެޓީ ރަނގަޅު އަދި މާކެޓުގައި މިވަގުތު ލިބެން ހުރި އެންމެ އަގުހެޔޮ ފެން ކަމަށްވެސް ބުންޏެވެ.
މީގެ އިިތުރުން ސްޓެލްކޯއިން ބުނީ ދިހަ ކޭހަށް ވުރެ ގިނައިން އޯޑަރު ކުރުމުން ގޭގެ ދޮރާ ހަމައަށް ފެން ކޭސްތައް ޑެލިވާކޮށްދޭނެ ކަމަށެވެ. މީގެ ކުރިން ސްޓެލްކޯއިން ޑެލިވާކޮށްދެމުން ދިޔައީ އިމާރާތުގެ ތިރިއަށެވެ.
ސްޓެލްކޯ ފެނަށް އޯޑަރު ކުރުމަށް 9110888 އަށް ވައިބާ ކުރުމަށް ސްޓެލްކޯއިން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު