ކ. ހިންމަފުއްޓާއި ތ. ތިމަރަފުށީން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ދެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހިންމަފުށި މޮނީޓަރިންއަށް ލާފައިވަނީ އެރަށުގައި ހުންނަ އައްސޭރި ޖަލުގެ ވެއިޓަރަކާއި ސެކިއުރިޓީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވުމުން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.

ތިމަރަފުށި މޮނީޓަރިންއަށް ލާފައިވަނީ އެ އަތޮޅު ވެމަންޑޫ ކަލަސްޓާއާ ގުޅުންހުރި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ ތިން މީހުންނަކީވެސް ކަރަންޓީނުގައި ތިއްބައި ޕޮޒިޓިވްވި މީހުންނެވެ.

ހިންމަފުއްޓާއި ތިމަރަފުށި ހިމެނޭހެން 17 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ. އެއީ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، އދ. މާމިނގިލި، ތ. ވިލުފުށި، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. މަޑިފުށި، އއ. މާޅޮސް، އއ. ބޮޑުފޮޅުދޫ އަދި ބ. އޭދަފުއްޓެވެ.