ކޮވިޑްގެ ވައިރަސް ދެނެގަންނާނެ ޗިޕެއް އެމެރިކާއިން އުފައްދައިފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ސައިންޓިސްޓުން އުފައްދާފައިވާ އެޗިޕް ބޭނުންކޮށްގެން، ހަށިގަނޑަށް ވައިރަސް ވަންނަތާ މަދު މިނުޓެއްގެ ތެރޭގައި ކޮވިޑް ވައިރަސްތޯ ދެނެގަންނާނެއެވެ.
އެމެރިކާގެ ޕެންޓެގަންގެ ބެލުމުގެ ދަށުން ކުރިޔަށްދާ ތަހުލީލުގައި އުފައްދާފައިވާ އެޗިޕު ހަރުކުރާނީ ދެހަންދޭތެރޭގައެވެ. ޗިޕްގެ އެހީގައި އެމީހެއްގެ ލޭގެ ޓެސްޓުތައް އަބަދުވެސް ހަދަމުންދާނެ ކަމަށް ސައިންޓިސްޓުން ބުނެއެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ ޗިޕް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިލިޓަރީ ފަރާތްތަކަށް އެކަނިކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ ޗިޕްގެ އެހީގައި އެމީހެއްގެ ހަރަތާތްތައް ނުބަލާނެކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ