ރޯދައިގެ ހަވަނަ ދުވަހާ ކުރިމަތިލި އިރު ބާޒާރުގެ ބައެއް ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފައެވެ.
ލޯކަލް މާރުކޭޓުގެ ބައެއް ބާވާތްތަކުގެ އަގުތަކަށް ބަލާއިރު ކިއުކަމްބާގެ އަގު ރޯދަމަހުގެ ފުރަތަމަ ދުވަހާ އަޅައިބަލާއިރު ވަނީ ބޮޑުވެފައެވެ. ރޯދަމަހުގެ ފުަރަތަމަ ދުވަހު ކިއުކަމްބާ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާ އަށެވެ. މިއަދު ކިއުކަމްބާ ކިލޯއެއް ހުރީ 50 ރުފިޔާ އަށެވެ. ކިއުކަމްބާގެ އިތުރުން ލުނބޯ ކިލޯއެއްގެ އަގުވެސް ވަނީ 25 ރުފިޔާއިން 40 ރުފިޔާއަށް ބޮޑުވެފައެވެ.
ބާޒާރުގައި މިއަދު ކަރާގެ އަގު ވަނީ ހެޔޮވެފައެވެ. ނަމަވެސް ރޯދަމަހުގެ ފުރަތަމަ ދުވަހާ އަޅައިބަލާއިރު ކަރާގެ އަގަށް އައިސްފައިވަނީ ކުޑަ ބަދަލެކެވެ. އެގޮތުން ކަރާ ކިލޯއެއް މިއަދު ލިބެން ހުރީ 23 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
- ކުރުނބާ - 10ރ، 35ރ
- ލުނބޯ - 40ރ ކިލޯ
- ކިއުކަމްބާ - 50ރ ކިލޯ
- ކުއްޅަފިލާ ފަތް - 25ރ ދެބޮނޑި
- ލެޓިއުސް - 170ރ ކިލޯ
- ކޮޕީފަތް - 10ރ ބޮނޑިއެއް
- ކެރެޓު - 25ރ ކިލޯ
- އަލަނާސި - 45ރ ގަނޑެއް
- ކަނޑޫދޫ މިރުސް - 270ރ ކިލޯ
- ލާމު މިރުސް - 220ރ ކިލޯ
- ތޮޅި މިރުސް - 300ރ ކިލޯ
- ކަރާ - 23ރ ކިލޯ
- ކާށި - 20ރ - 10ރ
- ގަބުޅި - 20ރ - 25ރ
- ދިވެހި އަނބު - 120ރ ކިލޯ
- ބޭރު އަނބު - 190ރ ކިލޯ
- ޖަނބުރޯލު - 90ރ ކިލޯ
- ދޮންކެޔޮ - 40ރ، 60ރ
މަސް މާރުކޭޓުގެ އަގުތައް:
- ކަންނެލި 40ރ ކިލޯ
- ކަނޑުމަސް 35ރ ކިލޯ
- ރަތްމަސް ބޮޑު 200ރ - 500ރ ކިލޯ
- މާނިޔާ މަސް 100ރ ކިލޯ
- ދޮން ނޫމަސް 20ރ 5 މަސް
- މުށިމަސް 20ރ 3 މަސް
- ރިއްމަސް 20ރ 3 މަސް
ޚަބަރު
ޚަބަރު
ޚަބަރު