ޕޯސްޓުގެ މަގުން ރާއްޖެ އެތެރެކުރި 4.7 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، ކުރިއާގެ މަގުން ރާއްޖެ އެތެރެކުރި ކޮކެއިން އަތުލައި ގަނެފައިވަނީ އިއްޔެ ކަމަށެވެ. ދެ ފަހަރެއްގެ މަތިން އެތެރެކޮށްފައިވާ އެ ތަކެތި ފެނިފައިވަނީ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
އިއްޔެ އަތުލައިގަތީ ނައިޖީރިއާ އިން އެތެރެކުރި އެއް ކިލޯގެ ކޮކެއިން އާއި ޖަމައިކާ އިން އެތެރެކުރި 547 ގުރާމް ކޮކެއިންއެވެ. މި ތަކެތީގެ މަގުމަތީގެ އަގު 4.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު