އެމްޑީޕީ ސަޕޯޓަރުންތަކެއް "ﷲ އަކްބަރު" ގޮވަމުން ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑާލި މައްސަލަ އެ ޕާޓީން ކޮށްވެރިކޮށްފިއެވެ.
އެ ހާދިސާއާ ގުޅިގެން އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނީ، އެފަދަ އަމަލުތައް ހިންގުމަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީގެ އެއްވެސް މެންބަރަކު އަދި މި ޕާޓީއަށް ތާއީދުކުރާ އެއްވެސް ފަރާތަކުން ވެސް މިފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރަން،" އެމްޑީޕީން ބުންޏެވެ.
މިހާރު މީސް މީޑިއާގައި ދައުރުކުރަމުން އަންނަ ރުއް ކަނޑާލި މަންޒަރު ދައްކުވައިދޭ ވީޑިއޯގައި ފެންނަނީ ށ. ފޯކައިދޫގައި ރީނދޫ ކުލައިގެ ޓީޝާޓާއި ރީނދޫ ފޮތި ގައިގައި އޮޅައިގެން ތިބި ބަޔަކު، ކަރަންޓު ކީހަކުން ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑާލާ ތަނެވެ. ރުއް ކަނޑާލި ވަގުތު އެމްޑީޕީގެ ދިދަތައް ހިފައިގެން، އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބަލަން ތިބެއެވެ.
ރުއް ކަނޑަމުން ދިޔަ ވަގުތު "ﷲ އަކުބަރު" މިފަދައިން ބައެއް ސަޕޯޓަރުން ގޮވާ އަޑު އެ ވީޑިއޯއިން އިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު