ރޯދަ މަހުގެ ތިން ވަނަ ދުވަހު ބާޒާރުގެ އަގުތަކަށް ބަލާ އިރު އަގުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ލޯކަލް މާރުކޭޓުގައި ރޯދައަށް ހާއްސަ މުދާތަކުގެ އަގުތައް ބޮޑުކަން ފާހަގަކޮށްލެވެއެވެ.
މިއަދު ލޯކަލް މާރުކޭޓުގައި އެންމެ ތިޔާގި ކަމަށް ފެންނަނީ ދިވެހި އަނބެވެ. ހުރިހާ ގޮޅިއެއްގައި ކަހަލަ ގޮތަކަށް ދިވެހި އަނބު ލިބެން ހުއްޓެވެ. ނަމަވެސް އަގުބޮޑެވެ. ދިވެހި އަނބު ކިލޯއެއް ލިބެން ހުރީ 120 ރުފިޔާ އާއި 140 ރުފިޔާއާ ދެމެދުގައެވެ.
އަނބެއް ވަކިން ގަންނަން ލިބެން ހުރީ، ދޮން އަނބެއް 7 ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަނބު ބައެއް 100 ރުފިޔާއަށް ވިއްކަން ހުރި އިރު، ބައެއްގައި ހުރީ ހަތް އަނބާއި 10 އަނބެވެ. މަދުން ނަމަވެސް ހުތް އަނބު ހުރި އިރު އަގު އުޅެނީ ދޮން އަނބާ ދާދި އެއްވަރެއްގައެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
- ކުރުނބާ 40ރ، 50ރ
- ލުނބޯ 40ރ ކިލޯ
- ކިއުކަމްބާ 45ރ ކިލޯ
- ބަނބުކެޔޮ 50ރ، 80ރ ކޭލެއް
- ކުއްޅަފިލާ ފަތް 15ރ ބޮނޑިއެއް
- ކޮޕީފަތް 15ރ ބޮނޑިއެއް
- ކެރެޓު 25ރ ކިލޯ
- އަލަނާސި 35ރ ގަނޑެއް
- ފޭރު 70ރ ކިލޯ
- ކަންކުން ފަތް 10ރ 2 ބޮނޑިއެއް
- ކަނޑޫދޫ މިރުސް 450ރ ކިލޯ
- ތޮއްޑޫ މިރުސް 380ރ ކިލޯ
- ތޮޅި މިރުސް 400ރ ކިލޯ
- ކަރާ 25ރ ކިލޯ
- ކާށި 15ރ - 5ރ
- ގަބުޅި 15ރ - 30ރ
- ދިވެހި އަނބު 140ރ ކިލޯ
- ބޭރު އަނބު 175ރ ކިލޯ
- ބަނބުކެޔޮ 50ރ - 80ރ
- ދޮންކެޔޮ 50ރ، 70ރ
މަސް މާރުކޭޓުގެ އަގުތައް:
- ކަންނެލި 40ރ ކިލޯ
- ކަނޑުމަސް 45ރ ކިލޯ
- ރަތްމަސް ބޮޑު 150ރ - 480ރ ކިލޯ
- މާނިޔާ މަސް 20ރ، 100ރ ކިލޯ
- ދޮން ނޫމަސް 20ރ 3 މަސް
- މުށިމަސް 20ރ 5 މަސް
- ގިއުޅު 50ރ ، 90ރ ކިލޯ
- ރިއްމަސް 20ރ 4 މަސް
- ފާނަ 80ރ ކިލޯ
ޚަބަރު
ޚަބަރު
ޚަބަރު