ސަކާރުން އަލަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތަކަށް ކުރިތަމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިރޭ ގެޒެޓު ކުރި އިއުލާންގައި ބުނީ، ސަރުކާރުން އަލަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެދި ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމާއި މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު އާންމުކޮށްފައިވާ ކަމަށެވެ.
- ދިވެއްސަކަށް ވުން
- އުމުރުން 18 އަހަރުވެފައިވުން
- މާލޭގައި ރަޖިސްޓަރީވެފައިވާ ރައްވެއްސަކަށްވުން (ރަޖިސްޓަރީވި ދުވަހުން ފެށިގެން މަދުވެގެން 15 އަހަރު)
- މާލެއިން ޕްރައިވެޓް ހައުސިން ޔުނިޓެއް/ބިމެއް (600 އަކަ ފޫޓަށްވުރެ ބޮޑު) ގަނެ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި އޮވެގެން ނުވުން
- އެވޯޑް ކުރެވޭ ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުން މާލެ ސިޓީގައި ޕްރައިވެޓް ރިއަލް އެސްޓޭޓް ހައުސިން ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާނަމަ، މި މަޝްރޫއުގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަން ދައުލަތަށް އަނބުރާ ނެގޭނެ
- މައި އެޕްލިކަންޓް ގޮތުގައި ހިމެނޭ ފަރާތް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި މާލެ ސިޓީގައި ދިރިއުޅުމަށް ހޯދިފައިވާ އެއްވެސް ތަނެއް (600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު) ވިއްކާފައި އޮވެގެން ނުވާނެ
- ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެ
- މަހަކަށް 61،000ރ އަށްވުރެ މަތީ އާމްދަނީއެއް ލިބޭ ފަރާތަކަށް ނުވުން
ހައުސިން މިނިސްޓްރީން ބުނީ، އެޕްލިކޭޝަން ފޯމާއެކު އާމްދަނީ ޖަމާވާ އެކައުންޓް/އެކައުންޓްތަކުގެ ފާއިތުވި ހަ މަަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީވެފައިވާ ކަމުގެ ލިޔުމާއި މައި އެޕްލިކަންޓްގެ ނަމުގައިވާ ގޯތި/ ފްލެޓް ނުވަތަ އެޕާޓްމަންޓް ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ހެދި ނީޑް އެސަސްމަންޓުން ދައްކާ ގޮތުގައި މިވަގުތު މާލޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ 7500 އާއިލާ ދިރިއުޅެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު