ގޮޑްޒިލާ ވާސަސް ކޮންގަށް ލިބުނު ޖުމުލަ އާމްދަނީ 368 މިލިއަން ޑޮލަރު ހަމަކޮށް އެމެރިކާއިން އެކަނި ލިބުނު އާމްދަނީ 58 މިލިއަން ޑޮލަރު ފަހަނަ އަޅައިފި ކަމަށް ފޯބްސްއިން ރިޕޯޓުކޮށްފިއެވެ.
މިއީ ކޮވިޑުގެ ސަބަބުން މިދިޔަ ޖެނުއަރީން ފެށިގެން ހޮލީވުޑް ފިލްމަކަށް އެންމެ ބޮޑު އާމްދާނީއެއް ލިބުނު ''ބޭޑް ބޯއިސް ފޮ ލައިފް'' ހޯދި 400 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެކެވެ.
ގޮޑްޒިލާ ވާސަސް ކޮންގްގެ އާމްދަނީ 500 މިލިއަން ޑޮލަރު ފަހަނައަޅައި ގޮސްފިނަމަ 2019 ގައި ނެރުނު ފްރޯޒެން (1.45 ބިލިއަން ޑޮލަރު) އަދި ދަ ރައިސް އޮފް ސްކައިވޯކާ (1.073 ބިލިއަން ޑޮލަރު) އާ ގާތް ކުރާނެ އެވެ.
ޗައިނާގައި މިފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި އަދަދަކީ ''ކެޕްޓަން މާވެލް''، ''ރެމްޕޭޖް'' އަދި ''ދަ މެގް'' ފަދަ ފިލްމުތަކުން ޗައިނާއިން ލިބުނު 155 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެކެވެ. މި އަދަދު ފަހަނަ އަޅައި ދިއުމުން ގޮޑްޒިލާ ވާސަސް ކޮންގް ހިމެނިގެން ދާނީ ޗައިނާ މާކެޓުގައި ބޭރުގެ އެންމެ ގަދަ 30 ފިލްމުގެ ތެރޭގައެވެ.
165 މިލިއަން ބަޖެޓުގެ މިފިލްމުގެ ޖުމުލަ އާމްދަނީ 500 މިލިއަން ޑޮލަރު ފަހަނަ އަޅައި ދާނެކަމަށް ލަފާ ކުރެއެވެ.
2014 ގައި ރިލީސްކުރި ގޮޑްޒިލާ އަށް 529 މިލިއަން ލިބުނު އިރު، 2017 ގެ ސްކަލް އައިލަންޑަށް 569 މިލިއަން ލިބުނެވެ. އަދި 2019 ގައި ނެރުނު ކިންގް އޮފް ދަ މޯންސްޓާސްއަށް 390 މިލިއަން މީގެ ކުރިން ވަނީ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން