ޚަބަރު

ސިނަމަޗީގެ ފިލްމު ޗެނަލްތަކާއެކު ދިރާގު ޓީވީގެ ގޯލްޑް ޕެކް ތައާރަފުކޮށްފި

އަލީ ޔާމިން

ދިރާގު ޓީވީން ގިނަ ޗެނަލްތައް ހިމެނޭހެން ގޯލްޑް ޕެކް ތައާރަފުކޮށްފި އެވެ.

ދިރާގު ޓީވީން ތައާރަފުކުރި ގޯލްޑް ޕެކުގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސިނަމަޗީ ފިލްމް ޗެނަލްތައް ހިމެނެއެވެ. އެގޮތުން ސިނަމަޗީ އެކްޝަން، ސިނަމަޗީ ރޮމޭންސް، ސިނަމަޗީ ކޮމެޑީ، ސިނަމަޗީ ޑްރާމާ އަދި ސިނަމަޗީ ކްރައިމް ހިމެނެއެވެ.

ދިރާގު ޓީވީގެ ގޯލްޑް ޕެކްގެ އަގަކީ 450 ރުފިޔާއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދިނުމާއި ހިލޭ ޖޮއިބޮކްސްއެއް ލިބޭ ޕްރޮމޯޝަނެއްވެސް ދިރާގުން އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެ ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މީގެ އިތުރުން ނަސީބުވެރި 20 ފަރާތަކަށް ހަ މަސް ދުވަސް ވަންދެން ދިރާގު ގޯލްޑް ޕެކްގެ ހިދުމަތް ދިރާގު ޓީވީ މެދުވެރިކޮށް ލިބޭނެއެވެ.

ސަތޭކަ އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި މިހާތަނަށް ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ހިދުމަތް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ދިރާގު ޓީވީގެ ކޮންޓެންޓް ޓީވީ، ސްމާޓްފޯން އަދި ޓެބްލެޓްތަކުންވެސް ބަލައިލެވޭނެއެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށެވެ.

ދިރާގު ޓީވީއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް