ވ. ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫއުގެ ދަށުން 5،654 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލައި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވެ އެވެ. އަދި 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 429 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓު ހަދައި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކޮށްފައިވެއެވެ.
އެމްޓީސީސީއާ މި ޕްރޮޖެކްޓު ހަވާލުކޮށްފައި ވަނީ އޮކްޓޯބަރު 2019 ގައެވެ. އަދި ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ ޖުމްލަ 18.5 މިލިއަން ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު