ހޮންގް ކޮންގްގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު ސުލްހަވެރި މުޒާހަރާ ރާވާއި އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ސިޓީގެ ޕްރޯ ޑިމޮކްރަސީއަށް ނިސްބަތްވާ ހަތް ސިޔާސީ ލީޑަރުންގެ މައްޗަށް ހުކުމް އިއްވައިފިއެވެ.
ޗައިނާ އިން ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ހޮންގް ކޮންގްގައި 2019 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެ އިހުތިޖާޖަކީ ހުއްދަ ނުނަގާ ކުރިއަށް ގެންދިޔަ މުޒާހަރާއެއް ކަމަށް ބުނެ، ހޮންގް ކޮންގްގެ ކޯޓަކުން ހުކުމް އިއްވި މީހުންގެ ތެރޭގައި މީޑިއާ ޓައިކޫން ޖިމީ ލައި އާއި 1990ގެ އަހަރުތަކުގައި އެންމެ ބޮޑު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު އުމުރުން 82 އަހަރުގެ މާޓިން ލީ ވެސް ހިމެނެ އެވެ. މާޓިން ލީ އަކީ ގާނޫނީ ވަކީލެއްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރެކެވެ.
އެ އިހުތިޖާޖާ ގުޅިގެން ލީ އާއި އަނެއް ހަ މީހުންގެ މައްޗަށް ހުއްދަ ނުނަގާ ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގައި ބައިވެރިވިކަމުގެ ކުށް ވެސް ސާބިތުވެފައިވެ އެވެ.
ހަތަރު ހަފުތާއަށް ކުރިއަށް ގެންދިޔަ ޝަރީއަތަށްފަހު މި ހަތް މީހުންނަށް މިދިޔަ ބުރާސްފަތި ދުވަހު ހުކުމް އިއްވި ނަމަވެސް، އެކުށުގެ އަދަބު ކަނޑައަޅާނީ އަދި ފަހުންނެވެ. ބައެއް ޝަރުއީ މާހިރުން ލަފާކުރާ ގޮތުގައި، އެމީހުންނަށް އަންނާނީ 12 މަހާއި 18 މަހާ ދެމެދުގެ ޖަލު ހުކުމެކެވެ. އެންމެ ގިނަވެގެން ވެސް އިއްވާނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.
ލީ އާއި އަނެއް ހަ މީހުން ބައިވެރިވި މުޒާހަރާއަކީ އޮގަސްޓް 18، 2019 ގައި ކުރި މުޒާހަރާ އެކެވެ. އެއީ ކުށުގެ ތުހުމަތުވާ މީހުންގެ ތަހުގީގު ހިންގުމަށް ޗައިނާއާ ހަވާލު ކުރުމަށް އެކުލަވާލި ބިލަކާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ. އެ މުޒާހަރާގައި 1.7 މިލިއަން މީހުން ބައިވެރިވި އެވެ.
އިނގިިރޭސންގެ އަތްދަށުގައި 1841 އިން ފެށިގެން 1997 އާ ހަމައަށް އޮތް ހޮންގް ކޮންގް އިނގިރޭސި ސަރުކާރުން ޗައިނާއާ ހަވާލުކުރީ، ޗައިނާގައި އޮންނަ ނިޒާމްތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން، ބޭސިކް ލޯގެ ގޮތުގައި މަޝްހޫރު ކުޑަ ގާނޫނުއަސާސީއަކުން، ކަށަވަރުކޮށްފަ އެވެ.
އެގޮތުން ހޮންގް ކޮންގް ހިންގަމުން އަންނަނީ އެގޮތުން ހޮންގް ކޮންގްގައި މިނިވަން ޝަރުއީ ނިޒާމަކާއި އަމިއްލަ ގާނޫނުތައް ހެދެ އެވެ. އަދި ފައިސާގެ ގޮތުގައި ހޮންގް ކޮންގް ޑޮލަރު ބޭނުންކުރެވެ އެވެ. ޗައިނާއަށް ބާރު ލިބެނީ ހާރިޖީ ގުޅުންތަކާއި ދިފާއީ ބައިގަ އެވެ. ނަމަވެސް އެ ބޭސިކް ލޯއަށް ހޮންގް ކޮންގްއަށް އަމަލު ކުރެވޭނީ 2047 ވަނަ އަހަރާ ހަމައަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ