ރ. އުނގޫފާރު އާންމު ހާލަތަށް ގެނެސްފި އެވެ.

ރޯގާ ޖެހިގެން އުނގޫފާރު ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އުނގޫފާރު ކައުންސިލުން ބުނީ އެރަށް މިއަދު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށާއި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މޮނީޓަރިންގެ ހާލަތުގައި ހުރިހާ ރައްޔިތުން ދެއްކި ނަމޫނާއަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

އުނގޫފާރުން ޖުމްލަ ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައިވަނީ ވޭތުވެދިޔަ 12 ދުވަހު އެއްވެސް ކޭސްއެއް ފެނިފައިނުވާތީއެވެ.

އުނގޫފާރުގެ ކުލާސްޓާއާ ގުޅިގެން ކ. ދިއްފުއްޓާއި ޅ. ނައިފަރާއި ރ. ހުޅުދުއްފާރާއި އެ އަތޮޅު މަޑުއްވަރީ އަދި އަލިފުށި ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން އެންމެ ގިނަ ކޭސް މިހާތަނަށް ފެނިފައިވަނީ ނައިފަރުންނެވެ. އެރަށުން މިހާތަނަށް 161 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.