ޅ. ފެލިވަރުން މިއަދު 76 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފެލިވަރުން މިއަދު 76 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 150 އަށް އަރައިފައެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފެލިވަރުންނާއި ޅ. ނައިފަރުން ފުރި މީހުން ކަރަންޓީނުވާން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.
ނައިފަރުން މިހާތަނަށް 99 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެރަށުން މިއަދުވެސް ވަނީ 44 މީހަކު ޕޮޒިޓިވްވެފައެވެ. ނައިފަރުގެ އިތުރުން އެ އަތޮޅު ހިންނަވަރުން މިހާތަނަށް 12 މީހަކު އަދި އެ އަތޮޅު އޮޅުވެލިފުށިން ހަތަރު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު