ރާދިކާ އާޕްތޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސްޕައިއެއްގެ ރޯލުންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު މިސިޒް އަންޑަކަވާ ގެ ޕޯސްޓަރު މިވަނީ އިންޑިއާގެ ހޯލީއާ ދިމާކޮށް އާދިއްތަ ދުވަހު ދައްކައިލައިފައެވެ.
ރާދިކާ އާއެކު މިފިލްމުގައި ފެނިގެންދާނީ ވީރެ ދި ވެޑިންގް ކުޅެފައިވާ ސުމީތު ޔަސްއެވެ.
މި ފިލްމު ލިޔެ ޑައިރެކްޓްކޮށްފައިވާ އަނުޝްރީ މެހެތާ ބުނެފައިވަނީ، އޭނާގެ އާ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ބެލުންތެރިންނާ ހަމައަށް ދައްކައިލެވުނީތީ ހިތްހަމަޖެހޭ ކަމަށާއި އަދި ރާދިކާ ފަދަ ހުނަރުވެރި ތަރިއެއް މި ފިލްމުގެ ޓައިޓަލް ކެރެކްޓާ ކުޅެން ހަމަޖެހުނީތީ އުފާވާކަމަށެވެ.
ފިލްމާ ގުޅޭ ގޮތުން ރާދިކާ ބުނެފައިވަނީ، އަނުޝްރީ މިފިލްމުގެ ވާހަކައާއެކު އައި ހިސާބުން ފިލްމަށް ޝައުގުވެރި ވި ކަމަށެވެ. ''ފިލްމުގެ ޕޯސްޓަރު އަލަށް ފެނުމުންވެސް ވަރަށް އުފާވޭ. ފިލްމުގެ ބައިވެރިޔަކަށްވުރެވެސް ބޮޑަށް ބެލުންތެރިއެއް ގޮތަށް. މި ހާއްސަ ފިލްމާމެދު އޯޑިއެންސް ދެކެނީ ކިހިނެއްތޯ ބަލަން މިހިރީ ކެތްމަދުވެފަ.'' ރާދިކާ ބުނެފައިވެއެވެ.
މިފިލްމަކީ އިޝާން ސަކްސޭނާ، އާބިރު ސެންގުޕްތާ، ސުނިލް ޝަރްމާ އަދި ވަރުން ބަޖާޖް ޕްރޮޑިއުސްކޮށް ބީފޯޔޫ މޯޝަން ޕިކްޗާސް އަދި ޖާދޫގަރް ފިލްމްސާއި ނައިޓް ސްކައި މޫވީސް ހުށަހަޅައިދޭ ފިލްމެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް