މިމަހުގެ ދެވަނަ ދުވަހުގެ ފަހުން ރ. ހުޅުދުއްފާރުން އެ އަތޮޅު އުނގޫފާރަށް ދަތުރު ކުރި މީހަކު ޕޮޒިޓިވް ވެ އެރަށް މޮނިޓަރިގެ ހާލަތަށް ގެނެސްފި އެވެ.
ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އުނގޫފާރު މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި އެކި ރަށްރަށުގެ މީހުން ކަރަންޓީނު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފަ އެވެ.
ހުޅުދުއްފާރު ކައުންސިލް ރައީސް އަލީ ޖާވީދު މިއަދު "ވަން" އަށް ވިދާޅުވީ މިމަހުގެ ދެވަނަ ދުވަހުގެ ފަހުން އެ ރަށުން އުނގޫފާރަށް 180 މީހުން ދަތުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެއް ކަމަށް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންއަށާއި ކޭސް އިންވެސްޓިގޭޓް ކުރުމަށް ހުޅުދުއްފާރު ވަނީ މޮނިޓަރިގެ ހާލަތަށް ގެނެސްފަ އެވެ.
އުނގޫފާރު ކްލަސްޓާގައި މިހާތަނަށް ކ. ދިއްފުއްޓާއި ރ. މަޑުއްވަރި އަދި ޅ. ނައިފަރު ވެސް ވަނީ މޮނިޓަރިން އަށް ގެނެސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު