ހުޅުމާލޭގައި ހުންނަ ފިޔަވަތިން ފަސް މުވައްޒަފަކާއި ހަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ފިޔަވަތިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
"ފަސް ސްޓާފެއް ވަނީ އެތަނުން ޕޮޒިޓިވްވެފައި. އަދި ހަ ކުދިން ވަނީ ޕޮޒިޓިވްވެފައި. މިހާތަނަށް ޖުމުލަ 11 ފަރާތެއް،" އޭނާ ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 20 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެ ކުރިން ވެސް ފިޔަވަތިން ވަނީ ކުޑަކުދިން ހިމެނޭގޮތަށް 35 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު