ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ޝަރަފު ފިންލޭންޑަށް ލިބިއްޖެ އެވެ.
އދ އިން ސްޕޮންސަ ކޮށްގެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކުން ކޮންމެ އަހަރަކު ނެރެމުން އަންނަ ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ރޭންކިންގައި ފިންލޭންޑު އެއްވަނައިގައި ހިމެނިފައި މިވަނީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށެވެ.
އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓުގެ ދެވަނަ އަށް ހިމެނިފައިވަނީ ޑެންމާކެވެ އަދި ތިން ވަނަ އަށް ސުވިޒަލެންޑު ހިމެނިފައިވާއިރު އައިސްލެންޑް ހިމެނިފައިވަނީ ހަތަރުވަނައިގައެވެ.
ރިޕޯޓުގެ ރޭންކިން ގައި ހިމަނާފައިވާ ގައުމުތައް ކަނޑައަޅަނީ އެގައުމުތަކުގައި މުޖުތަމައުގެ ގުޅުންތަކާއި ރައްޔިތުންގެ މިނިވަންކަމާއި ޖީޑީޕީގެ ނިސްބަތުގެ އިތުރުން އެގައުމެއްގައި ކޮރަޕްޝަން ހުންނަ ވަރުވެސް ދިރާސާކޮށްގެންނެވެ.
އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓުގެ އެންމެ ފުލުގައި ލައްވާލީ އަފްގާނިސްތާނެވެ.
އެލިސްޓުގެ 89 ވަނައިގައި ރާއްޖެ ހިމެނިފައިވާއިރު އަވަށްޓެރި ސްރީ ލަންކާ ހިމެނިފައިވަނީ 129 ވަނައިގައެވެ. އިންޑިއާ ހިމެނެނީ 139 ވަނައިގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ