ތަންޒޭނިޔާގެ ރައީސް އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 61 އަހަރުގައި ތަންޒޭނިޔާގެ ރައީސް ޖޯން މަގުފުނީ އަވަހާރަވެފައިވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އެ ގައުމުގެ ދާރުއްސަލާމްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ނައިބު ރައީސް މީޑިއާއަށް ވިދާޅުވެފައި ވެއެވެ.
ރައީސް ޖޯން މަގުފުނީ އާންމުންގެތެރެއަށް ނިކުމެވަޑައިގެން ނޫޅުއްވާތާ ދެ ހަފުތާއަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.
ރައީސް ޖޯން މަގުފުނީ އަވަހާރަވުމާއެކު އިދިކޮޅުން ވަނީ ރައީސް އަވަހާރަވެފައިވަނީ ކޮވިޑް ޖެހިގެން ކަމަށާއި އެކަން ސަރުކާރުން ސިއްރު ކުރަމުންދާކަމަށް ބުނެފައެވެ.
ތަންޒޭނިޔާގެ ރައީސް އަވަހާރަވުމާއެކު ނައިބު ރައީސް ސާމިއާ ސުލުހު ހަސަން ވަނީ އެގައުމުގައި 14 ދުވަސް ގައުމީ ހިތާމަފާޅުކުރުމުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި އެގައުމުގެ ދިދަ ވެސް އެމުއްދަތުގައި ބައިދަނޑިއަށް ތިރިކުރުމަށް ވަނީ އަމުރުކުރައްވާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ