އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ ތެލުގެ އަގު ބޮޑު ކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ކަމަށެވެ.
އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް 8.85 ރުފިޔާއަށް އަދި ޑީސެލް ލީޓަރެއް 9.79 ރުފިޔާއަށް ވިއްކަން ނިންމާފައިވާ ކަމަށެވެ.
އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ މަހުގަ އެވެ. އެއީ ޕެޓްރޯލް ލީޓަރެއް 8.44 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 9.19 ރުފިޔާ އަށެވެ.
އެހެންކަމުން މިއަދު ބޮޑު ކޮށްފައިވަނީ ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި އެވެ.