63 ވަނަ ގްރެމީ އެވޯޑްސްގައި ބިޔޯންސޭ އަދި ޓެއިލާސްފިވްޓް އާ ރެކޯޑެއް ހަދައިފިއެވެ. އާދީއްތަ ދުވަހު އެމެރިކާގެ ލޮސްއެންޖެލިސްގައި މި އެވޯޑް ހަގފުލާ ބާއްވާފައި ވަނީ ކޮވިޑަށް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާ އެކުގަ އެވެ.
އެންމެ ފާހަގަކޮށްލެވެނީ ބިޔޯންސޭ އަދި ޓެއިލަރސްވިފްޓް މުގުރާލި ރެކޯޑަށެވެ. ބިޔޯންސޭއަށް ލިބިގެން ދިޔަ ބެސްޓް އާރްއެންޑްބީ ޕަރފޮމަންސް އެވޯޑާއެކު އޭނާ މިވަނީ އެންމެ ގިނަ އެވޯޑް ލިބުނު ފަންނާނަށް ވެފައެވެ. މި ފަހަރު ލިބުނު އެވޯޑަކީ އޭނާގެ 28 ވަނަ އެވޯޑެވެ. މި ހަފުލާގައި ބިޔޯންސޭގެ ދަރިފުޅު ބްލޫއައިވީވެސް ވަނީ އެވޯޑެއް ކާމިޔާބު ކޮށްފައެވެ.
ބިޔޯންސޭގެ އިތުރުން ޓެއިލަރސްވިފްޓަށް ލިބުނު އެވޯޑާއެކު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 3 ފަހަރު އެލްބަމް އޮފް ދި އިޔަރ ލިބުނު އަންހެން ފަންނާނަށް ވެސް އޭނާ ވެއްޖެއެވެ. ޓެއިލަރގެ ލޮކްޑައުން އަލްބަމް ''ފޯކްލޯރ'' އަށް އަލްބަމް އޮފް ދި އިޔަރ އެވޯޑް ލިބުނެވެ. ޓެއިލަރގެ 2010ވަނަ އަހަރުގެ އަލްބަމް ''ފިއަރލެސް'' އަދި 2016ވަނަ އަހަރު ރިލީސްކުރި ''ޕޮޕް އޯޕަސް1989'' އަށްވެސް ވަނީ މި ޓައިޓަލް ކުރިން ލިބިފައެވެ.
މީގެ ކުރިން މި އެވޯޑް މިހާތަނަށް 3 ފަހަރު ހާސިލުކުރި ފަންނާނުންނަކީ ފްރޭންކް ސިިނަޓްރާ، ޕޯލް ސިމަންސް އަދި ސްޓީވީ ވޮންޑަރއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް