މުޖުތަމައު ތެރެއިން ކޮވިޑް-19ގެ ބަލި މީހަކު ފެނިގެން މޮނީޓަރިންގެ ހާލަތަށް ގެނައި އައްޑޫ ސީޓީ އާންމު ހާލަތަށް ގެނެސްފި އެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ. މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު އައްޑޫ ސިޓީ މޮނިޓަރިން އިން ނަގާފައިވަނީ މިއަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީން ދެ ކްލަސްޓާއެއް ވަނީ އުފެދިފައެވެ. އެއީ ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުން ފެނުނު ކްލަސްޓާއާއި ހިތަދޫން އުފެދުނު ކަލަސްޓާއެވެ.

ދެ ކުލަސްޓާއިން އެ ސިޓީގެ 92 މީހަކަށް ކޮވިޑް ޖެހުނު އިރު، އޭގެ ތެރެއިން 86 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މިހާތަނަށް ހަ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.