ބަނގުރާ ފުޅިއަކާ އެކު ހައްޔަރު ކުރި ފުލުސް މީހާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އޭނާ ދޫކޮށްލާފައި ވަނީ މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ކަމަށެވެ.

ބަނގުރާ ފުޅިއާއެކު އިއްޔެ ހައްޔަރު ކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލި ނަމަވެސް އޭނާ މިހާރު ހުރީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.

އެ މައްސަލަ އަންނަނީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންނެވެ.