ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު 'އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް' ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް ނަސީމް އެހެން ވިދާޅުވެފައިވަނީ، އެމަނިކުފާނާއެކު ހަވީރުގެ ސައި ފޮދު ހިއްޕަވަން އިން ފޮޓޯއެއް ޓުވީޓު ކުރައްވައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ބަސްކޮޅަށް ފަހުގައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ނައިބު ރައީސް ފައިސަލް ނަސީމް، އެމްޑީޕީއާ އެކު ހުންނެވުމަކީ އެމަނިކުފާނު ރާއްޖެއަށް ހެޔޮ އެދިވަޑައިގަންނަވާ ކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.
އެ ޓުވީޓު ރީ ޓުވީޓު ކުރައްވައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރައީސް ނަޝީދުއާ ބައްދަލުކޮށް ހިޔާލު ބަދަލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފުލެއް ކަމަށެވެ.
"ލޯކަލް ކައުންސިލް ކެމްޕެއިން ގައުމީވަންތަ އަދި ރައްކާތެރި ރޫހެއްގައި ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް،" ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް ނަސީމް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ސޮލޯގަން އަކީ 'ރަށްވެހި ފަތިސް' އެވެ. އެހެންކަމުން ފައިސަލް ނަސީމްގެ އެ ޓުވީޓުން ދޭހަވަނީ އެމްޑީޕީގެ ކެމްޕެއިނަށް އޭނާ ތާއިދުކުރައްވާ ކަން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު