ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތްކުރި ދެ ފަތުރުވެރިއަކަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޓުުއަރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފްރާންސްގެ ދެމަފިރިއަކު އިއްޔެ ރާއްޖެ އައިސްފައިވަނީ 60 ވަނަ ފަހަރަށް ކަމަށެވެ. މި ދަތުރުތަކުގައި އެ ދެމަފިރިން 1000 ދުވަހު ރާއްޖޭގައި ހޭދަކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފްްރާންސްގެ ދެމަފިރިން ކަމަށްވާ ސާޖް އާއި ޖޮސެލް ޑިސައު ރާއްޖެއަށް އައި 60 ވަނަ ފަހަރު ފާހަގަކުރުމަށް އެއާޕޯޓުގައި ބޭއްވި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދެމަފަރިން އެންމެ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރީ 1994 ވަނަ އަހަރު އެވެ. އަދި ފާއިތުވި 27 އަހަރުތެރޭ އާއްމުގޮތެއްގައި އަހަރެއްގެ މައްޗަށް ދޭއް ނުވަތަ ތިން ފަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް އެ ދެމަފިރިން ވަނީ ބުނެފަ އެވެ.