މާލެ ސަރައްހަދުގައި ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މިމަހު 15 ވަނަ ދުވަހު މެދުކަނޑާލި ނަމަވެސް އެ ތާރީހުގެ ފަހުން ވެސް ވެކްސިން ދޭނެ މީހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފި އެވެ.

ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މާލޭ ސަރަހައްދުގައި އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްޓާލަން ވަނީ ނިންމައިފަ އެވެ.

ނަމަވެސް އެޗްޕީއޭ އިން މިއަދު ބުނީ، ބައެއް ހާލަތްތައް ދިމާވެގެން އެ މުއްދަތުގެ ކުރިން ވެކްސިން ނުޖެހިި ތިބި ފަރާތްތަކަށް ވެކްސިން ދެމުން ގެންދާނެ ކަމަށެވެ.

  • • ބަލިން ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭ ފަރާތްތައް (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)
  • • ޕޮސިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • • ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • • ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
  • • ބައްޔެއްގެ ސަބަބުން، ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން