ޑައިމޯފިން ޓްރެފިކު ކުރުމުގެ ކުށް ސާބިތުވެ، ސ. ހިތަދޫ އަސަރީ ވިލާ ހަލީލު އަހުމަދު 24 އަހަރާއި 28 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޑައިމޯފިން ޓްރެފިކު ކުރުމުގެ ކުށުގައި ހަލީލު ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެއީ އޭޕްރީލް ހަތްވަނަ ދުވަހުގެރޭ ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް މ. ބްރައިޓް ފްލާވަރު ގެއަށް ވަދެ ނިކުމެވާ މީހުންގެ އަމަލުތައް ހުރިގޮތުން އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވިގެން އެގެއަށް ވަދެގެންނެވެ.

މި މައްސަލައިގައި، ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިހުގައި، ޑައިމޯފިން ޓްރެފިކު ކުރުމުގެ ކުށަށް ހަލީލު ވަނީ އިއުތިރާރު ވެސް ވެފައެވެ.

އެހެންކަމުން 24 އަހަރާއި 28 ދުވަހުގެ މުއްދަތަށް ޖަލަށް ލުމުގެ އިތުރުން 100،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް އޮތޯރިޓީއަށް ދައްކައި ނިންމުމަށްވެސް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.