އެވިޑް ކޮލެޖްގެ މިއަހަރުގެ މޭ އިންޓޭކް އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެވިޑް ކޮލެޖްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މޭ އިންޓޭކް ހުޅުވައިދެއްވީ އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު އެވެ. މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ހުރިހާ ފެކަލްޓީއެއް ބައިވެރިވެ، އެ ފެކަލްޓީ އަކާ ގުޅޭގޮތުން މައުލޫމާތު ވަނީ ހިއްސާ ކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްﷲ މުސްތާގް ވިދާޅުވީ އެވިޑް ކޮލެޖްގެ އަމާޒަކީ އަބަދުވެސް ތަފާތު ވައްތަރުގެ ކޯސް އަދި ތަފާތު ވައްތަރުގެ ޕްރޮގްރާމްތައް، އިލްމީ އަދި ގާބިލު ބޭފުޅުންނާއެކު ކުރިއަށް ގެންދިއުން ކަމަށެވެ.
އެވިޑް ކޮލެޖްގެ ފަރާތުން ނިކުންނަ ދަރިވަރުންނަކީ ގައުމު ބިނާ ކުރާނެ ދަރިންކަމުގައި ވުމަކީ އެއްމެ ބޮޑު ހުވަފެން ކަމަށްވެސް މުސްތާގް ވަނީ ވިދާޅުވެފައެވެ.
އެވިޑް ކޮލެޖްގެ މޭ އިންޓޭކްގައި، ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް އާ ހަމައަށް، ތަފާތު އެކި ދާއިރާތަކުން ކިޔަވައި ދެއެވެ. އެވިޑް ކޮލެޖްގެ ފެކަލްޓީ ތަކުގެ ތެރޭގައި، ފެކަލްޓީ އޮފް އެޑިއުކޭޝަން، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، އަދި ފެކަލްޓީ އޮފް ހިއުމަން ޑެވެލޮޕްމެންޓް ހިމެނެ އެވެ. މީގެ އިތުރުން ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަން އަދި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އަކީވެސް އެވިޑްކޮލެޖުގައި ހިންގާ ފެކަލްޓީތަކެވެ. މި ފެކަލްޓީ ތަކުން މަތީ ތައުލީމުގެ އެކި ގިންތިތަކަށް އަމާޒުކޮށް އެކި ދައިރާތަކުން ތަފާތު ކޯސްތައް ހިންގަ އެވެ.
އެވިޑް ކޮލެޖުން ބުނީ އެ ކޮލެޖުގެ ފެކަލްޓީތަކުގައި މި އަހަރު ކިޔަވާ ދަރިވަރުންނަށް ފީ ދެއްކުމަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމާއި ފީ ދެއްކުމުގެ ނިޒާމް ގާއިމް ކޮށްފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި އެވިޑްކޮލެޖްގެ ރެޖިސްޓްރާ ވިދާޅުވީ ދަރިވަރުންގެ ޝަކުވާތައް ހައްލުކޮށް އަދި އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުވައިދިނުމުގެ މަގުސަދުގައި ސްޓޫޑެންޓް ސަޕޯޓް ސާވިސަސް މިހާރު ތައާރަފު ކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން އެ ކޮލެޖްގައި ދަރިވަރުން ކުރަމުން އަންނަ އިލްމީ ދަތުރަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
މޭ އިންޓޭކްއަށް https://www.avidcollege.edu.mv/online-application-form/ މި ލިންކް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށް އެވިޑް ކޮލެޖުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު