ސަރުކާރު ހިންގާ ކޯލިޝަން ދެމިއޮންނާނެ ކަމަށާއި ބައިބައިކޮށް ރޫޅައިލުމުގެ އެއްވެސް ވިސްނުމެެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި މި ސަރުކާރު ދެމި އޮތްހާ ހިނދަކު ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ކޯލިޝަންގެ ވެރިންނާއި ބައްދަލުކޮށް ވާހަކަ ނުދެއްކެވުނު ނަމަވެސް ފޯނުން މަޝްވަރާ ކުރައްވާ ކަމަށާއި އެކި ކަންކަމުގައި ބޭނުންފުޅުވާ ލަފައާއި މަޝްވަރާވެސް ކޯލިޝަން ލީޑަރުންގެ ފަރާތުން ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއްބައިވަންތަކަމާ އެކު ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު