މި ސަރުކާރުން 10،000 އަށްވުރެ ގިނަ ދަރިވަރުންނަށް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫއަކީ މަތީ ތައުލީމަށް ފުރުސަތު ފަހިކޮށްދިނުން ކަމަށާއި މިހާތަނަށް 10،000 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަތީ ތައުލީމަށް އިތުރު ގިނަ މަސައްކަތްތަކެއް ކޮށް ފުރުސަތުތަކެއް ފަހިކުރެވިގެންދާނެ ކަމަށެވެ.

މި ސަރުކާރުން ފެށި ހިލޭ ޑިގްރީގެ ޕްރޮގްރާމްގެ ދަށުން މިއަހަރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލައިފަ އެވެ.