ޓްރީ ޓޮޕުން ޕީސީއާރް ޓެސްޓު ހަދައިދޭ އަގު ކުޑަކޮށްފި އެވެ.
ޓްރީޓޮޕުން ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް، އެ ހޮސްޕިޓަލުން ޕީސީއާރް ޓޭސްޓު ހަދައިދޭ އަގު މިއަދުން ފެށިގެން ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދިވެހިންނަށާއި ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ޕީސީއާރު ޓެސްޓު ހަދައިދޭނީ 699 ރުފިޔާ އަށް ކަމަށާއި ފަތުރުވެރިންނަށް ޓެސްޓު ހަދައިދޭނީ 45 ޑޮލަރު (694 ރުފިޔާ) އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީޓޮޕުން ބުނީ ޕީސީއާރް ހެދުމަށް ދުރާލައި ބުކިން ހަދައިލެވޭނެ ކަމަށާއި ނުވަތަ އޯޕީޑީ އަށް ގޮސްވެސް ޓެސްޓަށް ރިކުއެސްޓް ކޮށްލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު